Thursday, November 14, 2013

ދީންޙިމާޔަތްވެ ނިމުނީ ތޯއެވެ؟

(Courtesy: Haveeru News)
މިސަރުކާރުގެ އެންމެ ބޮޑު ވަޢުދު ހަނދުމަފުޅު އެބަހުރިތޯއެވެ؟ އެއީ ދީން ޙިމާޔަތް ކުރުމެވެ. އެމް.ޑީ.ޕީ ގެ ސަރުކާރާއިދިކޮޅު ސިޔާސީފަރާތް ތަކާއި މަދަނީ އިއްތިހާދު ކިޔާ ޖަމާއަތަކުން 23 ޑިސެމްބަރި 2011 ގައި އިސްލާމް ދީނުގެ ޙިމާޔަތޭ، ވަޙުދަތޭ ކިޔައި ރޮއެހޭރުނު ދުވަސްމަތިން ހަނދުމަ އެބަހުރިތޯއެވެ؟ ދީން ޙިމާޔަތް ކުރުމުގެ ނަމުގައި އެކިއެކި ގޮތްގޮތައް އެމް.ޑީ.ޕީގެ ސަރުކާރަށް ދުއްތުރާކުރުމަށް ފަހު ފެބުރުއަރީ 2012 ގައި ބާރުގެ ބޭނުންކޮއްގެން އެމް.ޑީ.ޕީ ގެ ސަރުކާރު ވައްޓާލީއެވެ.

ސުވާލަކީ ދީން ޙިމާޔައް ކުރުމަކީ ކޮބައިތޯއެވެ؟ ދީނަކީ ޙިމާޔަތް ކުރަން ﷲ ބާވައި ލެއްވިއެއްޗެއްތޯއެވެ؟ އަޅުގަނޑައް އެނގިފައިވާ ގޮތުގައި ދީނަކީ ދިރިއުޅެންވީ މަގެވެ. ދީންބާވައި ލެއްވިފައިވަނީ އޭގައިވާގޮތައް ދިރިއުޅުމުގެ އެންމެހާކަންކަން ބިނާކުރާށެވެ. ވީމާ ދީނަށް ނަޞްރުދީ ކުރިއަރުވަން އެދޭމީހާ، ދީނުގެ ރުކުންތަކާއި ވާޖިބުތައް ފުރިހަމަޔަށް އަދާކޮށް، ދީނުގައި އަންގަވާފައިވާ ގޮތައް ތިމާގެ ޢަމަލުތައް ބައްޓަން ކުރުން ހުއްޓެވެ. މިއަކީ ރާއްޖޭގެ ވަކި ސިޔާސީ ޕާޓީ އަކައް ވޯޓުދީގެން ކުރެވެން އޮތްކަމެއްނޫނެވެ. މިކަންކުރެވޭނީ ތިމާ އަމިއްލައަށް ތިމާގެ ޢަޤީދާ ވަރުގަދަކޮށްގެނެވެ. ޢަޤީދާ ވަރުގަދަކުރުމަށްޓަކައި ﷲގެ އެއްކައުވަންތަކަން ދެނެގަނެ، އެކަލާނގެ ގިނަގިނައިން ހަނދުމަކުރުން ހުއްޓެވެ. އެއްވެސް ހާލެއްގައި ސިޔާސީޕޯޑިއަމް ތަކައްއަރައި ހިމާރުގެ އަޑުން ރޮއެހޭރުނަކަސް މިކަމެއްނުވާނެއެވެ.

އިސްލާމްދީނަކީ ކޮބައިކަމާއި ދީނުގެ އެންމެހާކަންކަން ބަޔާންކުރައްވައި ﷲ ބާވައިލެއްވިފޮތަކީ ޤުރުއާނެވެ. މާނައަކީ ޤުރުއާން ދެމިއޮތްހާހިނދަކު، އިސްލާމްދީން ދެމިއޮންނާނެއެވެ. ޤުރުއާން ބާވައިލެއްވީ ތިމަންﷲ ކަމާއި އެފޮތް ރައްކާތެރި ކުރައްވާނީވެސް ތިމަންﷲ ކަމަށް ޙިޖްރި ސޫރަތުގެ ނުވަވަނައާޔަތުގައި ﷲއަންގަވާފައިވެއެވެ. ވީމާ މިކަމަކާ މައުމޫން، ޔާމީން، އިމްރާން، ނޫނީ ޖާސިމް ކަންބޯޑުވާނެކަމެއް ނެތެވެ. މިއަކީ މިމީހުނާހަވާލުކުރެވިފައިވާ ކަމެއްނޫނެވެ. މިމީހުނައް އޮތީ ޤުރުއާނުގައިއަންގަވާފައިވާ ގޮތައް އުޅުމެވެ.

ދީންޙިމާޔައްކުރުން މިސަރުކާރުން މާނަ ކުރަނީ ދީނަށް ނަޞްރުދިނުމުގެ މާނައިގާނަމަ، މިސަރުކާރަށް ވޭތުވެދިޔަ 2 އަހަރުދުވަހު ހޯދައިދެވިފައިވަނީ އެމް.ޑީ.ޕީ ގެ 3 އަހަރުވީ ސަރުކާރަށް ހޯދައިނުދެވޭ ވަކިކޮންނަޞްރެއްތޯ ބަލާލަންޖެހެއެވެ. ވޭތުވެ ދިޔަދެއަހަރުދުވަހު ރައީސްކަންކޮއްފައިވަނީ ބައެއްމީހުން ބުނާގޮތުންނަމަ އޭނަޔައްވެސް ތިމާމީ ކޮންދީނެއްގެ މީހެއްކަން ޔަގީންނުވާ ހުޅަނގުގެ ފެނައްދިރިފައިވާ މުހަންމަދު ވަހީދެވެ. އިސްލާމިކް މިނިސްޓަރަކީ ހިލޭއަންހެނަކާ އެކުބަދުއަޚްލާޤީޢަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ، އެތައްބަޔަކު ޔަޤީން ކުރާ ޝައިޚް ޝަހީމެވެ. އޭރުވެސް އަދި މިހާރުވެސް ދިވެހިންނަކީ ނަމުން %100 މުސްލިމުންނެވެ. އޭރުވެސް އަދިމިހާރުވެސް އިސްލާމީ ޝަރީޢަތެއް މިތާކުނުހިނގައެވެ. އޭރުވެސް އަދި މިހާރުވެސް މާރާމާރިއާއި ފާޙިޝް ޢަމަލުތަކާއި މަސްތުވާތަކެތި ބޭނުން ކުރުންފަދަ ކަންކަމުގަ މުޖުތަމަޢު ހަލާކުވެ ގޮސްފައިވަނީ ފެންނަފެނުމަށް އެއްވަރަކަށެވެ. ނަޝީދުގެ ސަރުކާރުގައި ވަކިނުލިބޭ މިނިވަންކަމެއް، ފުރުސަތުތަކެއް ދީނީޢިލްމުވެރިންނަށްވެސް ލިބުނުކަމަކަށް ނުފެނެއެވެ. މަސާޖު ޕާލާއޭކިޔައި އަޑުއެރުވީ ސަރުކާރާހަވާލުވި ދުވަސްކޮޅު ގައެވެ. ފަހުން އެކަން ނިމިދިޔައީއެވެ. ވީމާ މިކަމުގަވެސް ދެސަރުކާރުގެ މާބޮޑު ތަފާތެއްނެތެވެ.


ވީމާ ޙިމާޔަތް ކުރަން މިއުޅެނީ ކޮންއެއްޗެއްކަން، ކިހެނެއްކަން މިހެން ގޮވާމީހުނަށްވެސް ޙަޤީގަތުގައި ނޭނގެއެވެ. ދީނުގެ ނަމުގަ އެކުރާކަމަކީ އާންމުން ހެއްދުމެވެ. މިއަކީ ދީނީ ކަމެއްނޫނެވެ.

Sunday, September 22, 2013

ލާދީނީ، ވާހަކަ ދައްކަމާހިނގާށެވެ




  (http://www.kavaasaa.com/dheen/fahuge-massla/hadhu-fahanaalhaa-vaahaka-dhakkama.html)

ޢަރަބި ދެބަހެއް އެކުވެގެންއުފެދިފައިވާ މިބަހުގެ ލަފުޒީ މާނައަކީ ދީނަށް ހުރުމައްތެރިކޮށް ނުހިތުން ނޫނީ ދީނެއް ގަބޫލުނުކުރުމެވެެ. މިއަކީއެއްވެސް ހާލެއްގައި ތަރައްގީގެ ޝިޢާރެއް، އުފާފާގަތިކަމުގެ ޝުޢޫރެއް ނޫނެވެ. އިސްލާމް ދީނުގައި އެއްއަޚަކު އަނެއް އަޚާ ކާފަރުކުރުމެއްނޯވެއެވެ. ވީމާ މިއަކީ އިސްލާމީ މުޖުތަމައެއްގަ އެއްއަޚަކު އަނެއްއަޚަކައް ބޭނުންކޮއްގެން ވާނެބަހެއްވެސްނޫނެވެ. ނޫނީ ބޭނުންކުރުން އެދެވިގެންވާ ބަހެއްނޫނެވެ.


ނަމަވެސް މިބަސްވެފައިވަނީ އަޅުގަނޑުމެންގެ މިމުޖުތަމައުގައި ވަރައް އާންމުބަހަކަށެވެ. ޚާއްސަކޮށް ސިޔާސީމައިދާނުގައި ސިޔާސީ ވަކިފިކުރެއްގެ ބަޔަކަށް ނިސްބަތް ކޮށެވެ. ދައްކާނެ ހަރުދަނާ ސިޔާސީވާހަކައެއް، ހުށައަޅާނެ އުންމީދީ ތަރައްގީގެ   ތަސައްވުރެއް ނެތީމަ، ދީނަށްލޯބިކުރާ ބައެއްގެ ހިތުގަ ނަފުރަތު އުފެއްދުމަށް ދައްކާ ވާހަކައެއް ކަމުގަނޫނީ ނުވާނެއެވެ. އޭރުގަވެސް ދީން ހަތިޔާރަކަށް ހަދާ ރައްޔިތުން ފިއްތީއެވެ. މިއަދުވެސް ކުރެވޭތޯ މިއުޅެނީ އެއްކަމެކެވެ.

ރަސޫލާގެ ސުންނަތަށް ޖޯކުޖަހައި ފުރައްސާރަކުރުން

ޕީޕީއެމްގެ 30 އަހަރުވީ ސަރުކާރުގައި ރާއްޖޭގައި އޮންނަނީ ޝާފީ މަޡްހަބޭ ކިޔައި ތުނބުޅި ދިގުކޮށް ބޮޑުބުރުގާ އަޅާ ރަސޫލާގެ ސުންނަތުގަ އުޅޭ އަޚުންނާއި އުޚްތުންނަށް ދީންހިމާޔަތްކުރުމުގެ ނަމުގައި ސަރުކާރުން ފުރައްސާރަކޮށް ވަޒީފާނުދީ ޖޯކުޖެހިއެވެ. ޝާފީ މަޡްހަބުގަ ފިރިހެނާ ތުނބުޅި ބަހައްޓައި އަންހެނާ ބުރުގާއެޅުމެއް ނޯވޭތޯއެވެ؟ ނަމާދުކުރާއިރު ހަރަންބަންނަ ތަނާއި އެހެނިހެން ހަރަކާއްތަކަށް ފާޅުގައި ސަރުކާރުން ޖޯކުޖެހިއެވެ. ރަސޫލާގެ ސުންނަތަށް ޖޯކުޖެހުންކަމުގައި މިކަންކަން ނުވޭތޯއެވެ؟ ސަރުކާރުން ބޭނުންވާ ގޮތްނޫން ގޮތްގޮތައް، ބޭނުންވާ މިންވަރަށްވުރެ އިތުރަށް، ބޭނުންވާ މަޢުލޫތައްނޫން އެހެންމަޢުލޫތަކަށް ދީނީ ނަސޭހަތް ދެއްވައި އުޅުއްވި ދީނީ ޢިލްމުވެރިން ހައްޔަރުކޮށް ޖަލަށްލައި ބޮޑެތި އަނިޔާތައް ދެވިފަވެއެވެ. ޝައިޚް ފަރީދު، އިދުރީސް އަދި އެތައް ބައިވަރު ނަންތަކެއް މިލިސްޓް ގައި ހިމެނިދާނެއެވެ. ދީނަށް ލޯބިކޮށް ދީންކުރިއެރުވުމަށް ހިންގައި އުޅުނު އެކިއެކި ޖަމިއްޔާ ޖަމާޢަތް ތަކަށްވެސް މިއުނދަގޫ ޖެއްސިއެވެ. މިގޮތުން 'މުސްލިމުންގެ ގުޅުން' ފަދަޖަމިއްޔާގެ މަސްއޫލުވެރިންނަށްފާރަލައި ހައްޔަރުކޮށް ހަދާފައިވެއެވެ. ސުންނަތް ދިރުވާ އާލާކުރަން އުޅޭ އަޚުންނާއި އުޚްތުންނަށް ނަފުރަތުކޮށް ޖެއްސުންކުރުމަކީ ހަމަސުންނަތަށް ނަފުރަތުކުރުމެވެ. ބަޔާންވެމިދިޔަފަދަ އަނިޔާތަކެއް އެމްޑީޕީގެ 3 އަހަރުވީ ސަރުކާރުގަ ބަޔަކަށް، ނޫނީ ދީނަށް ދިންކަމެއް އަޅުގަނޑު ނުދެނަހުރީމެވެ. ވީއިރު ލާދީނީ ވެގެން މިއުޅެވެނީ ކޮންބަޔަކަށް ބާވައެވެ.


ދީނާ ގުޅުންހުރި މުހިންމު ބައެއްކަންކަން

ޕީޕީއެމްގެ 30 އަހަރުވީ ސަރުކާރުން ދެކޭ ގޮތުގައި އަންހެން ކަނބަލުންގެ ކަރުވަޅުފަދަ ތަންތަނަކީ ހިލޭފިރިހެނުންގެ ކުރިމަތީގައި އައުރައެއްނޫނެވެ. ވީމާ ބުރުގާއަޅާކަށްނުޖެހޭނެއެވެ. ޚާއްސަކޮށް ރާއްޖެފަދަ ހޫނުގަދަ ގައުމުތަކުގައެވެ. މިކަން ރައްޔިތުންނަށް ވިސްނައިދިނުމަށްޓަކައި އައިމިނާވަދޫދު ކިޔާ މާމޮޅު ދީނީ އެއްތޯ ލާދީނީ ޢިލްމުވެރިޔަކު ގެނެސް މަސައްކަތްތަކެއްކުރިއެވެ. ދުވަސްކޮޅަކުން ލިބުނީ ދެޖިންސް އެއްކޮއްގެން އިމާމުވެހުރެ މީނާ ނަމާދުކުރި ޚަބަރެވެ.  މިޔޮއްބޮޑު ދުނިޔޭންވެސް ސައްތައިންސައްތަ އިސްލާމީގައުމަކަށް ދީނީ ނަސޭހަތްދޭން މިނޫން މީހަކުގެންނަން ނޭގުނީ ކީއްވެބާވައެވެ؟ ލާދީނީ ކިޔުން އެންމެއެދެވިގެންވަނީ މިކަންކަމަކަށް ނޫންތޯއެވެ؟
30 އަހަރުނިމިދިޔައިރު އިސްލާމީ ޝަރީޢަތް މީއޮތްއެއްޗެއް ކަމެއްވެސް ނުދެނަހުއްޓެވެ. ވެރިކަން ހަމަނިމިދިޔަތަނާ މީހުން މެރުމާ(ވަކިހާލައްތަކެއްގަ) އަތްކެނޑުން މީ އިސްލާމީ ޝަރީޢަތައްވެ މިކަންނުކޮއްފިނަމަ ލާދީނީ ވީއެވެ. އޭރުވެސް މިހާރުވެސް އިސްލާމީ ޝަރީޢަތް އޮތީއެއްގޮތަކަށެވެ. ވީމާ އެކަންނުކުރާބަޔަކު ލާދީނީވާނީވެސް ހަމައެއްވަރަކަށްނޫން ތޯއެވެ؟


ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ދިވެހި ނޫންއެހެންބަހަކުން ލިޔަންކިޔަން ދަންނަބައެއްނޫނެވެ. ވީމާ ޤުރުއާނާއި ހަދީޡް އަދި ވެސް ދީނީ އެކިއެކި ކަންކަމާގުޅޭ މުހިންމު ފޮތްތަކުގެ ދިވެހި ތަރުޖަމާ ލިބެން ހުރުން ވަރައްމުހިންމެވެ. އަދި މިކަމަކީ ވަރަށްގިނަ ދިވެހިން އެދިއެދި ތިބިކަމެއްވެސް މެއެވެ. ނަމަވެސް މިއިންއެއްވެސް ކަމަކީ ޕީޕީއެމްގެ އެބުނާ ދީން ކުރިއަރުވާ ހިމާޔަތް ކުރަން އުޅޭ ސަރުކާރުން، އާދެ 30 އަހަރުވީ ސަރުކާރުން އިސްކަން ދިން ކަންކަމެއްނޫނެވެ. ޤުރުއާނުގެ ދިވެހި ތަރުޖަމާއެއް ނެރެވޭވަރުވީ އެކަމައް ވަޢުދުވިތާ 28 ހަކަށް އަހަރުފަހުންނެވެ. އެއީވެސް އެންމެ ފަހުދައުރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ސިޔާސީބޭނުމަކަށް އަވަސް އަރުވާލައިގެން ނެވެ. ނަތީޖާ އަކަށްވީ ތަރުޖަމާގައި އެތައް ކުއްތަކެއްހުރެ އެއިސްލާހުކުރުމުގެ މަސައްކައް އަލުން ކުރަންޖެހުމެވެ. އަޅުގަނޑު ހަނދާންވާންފެށީއްސުރެ ދިވެހިން ދީންއުގެނުމަށް މައިގަނޑު ގޮތެއްގައިބޭނުންކޮއް އުޅުނީ އެންމެފޮތެކެވެ. އެއީ ތަޢުލީމުދިޔާނާ އެވެ. ތަޢުލީމުދިޔާނާ 2،1 އަދި 3 ކެވެ. އެއިން އެނގުނު އެއްޗެއް އެނގުނީއެވެ. ނޭނގޭއެއްޗެއް ހޯދަން އުޅުނީމަ ކުއްވެރިވަނީއެވެ. ދެން މިއަށް ކިޔަންވީ ދީންހިމާޔަތް ކުރުން ތޯއެވެ؟


ޢަރަބި އިސްލާމީ ތަޢުލީމު

ސައްތައިން ސައްތަ އިސްލާމީގައުމެއްގައި ޢަރަބި ބަހުން ކިޔަވައިދޭ އެންމެ ދެސްކޫލް ހުރުމުން އެއީ އަދި ޢަރަބި އިސްލާމީ ތަޢުލީމު ގައުމުގައި އާންމުވީކަމަކައް ނުވާނެއެވެ. 30 އަހަރުވީ ޕީޕީއެމްގެ ސަރުކާރުގައި ތަޢުލީމާއި ގުޅުންހުރި ގަވައިދު ތަކާއި ސްކޫލްތައްހިންގުން ބައްޓަން ކުރެވިފައި ހުރީ ދީނީ ކަންކަމަށް ކުދިން ލޯބިޖެހި ހޭލުންތެރި ކުރުވޭ ފަދަގޮތަކައްނޫނެވެ. ނަމާދުކުރާނެ ތަންތަން ސްކޫލް ތަކުގައި ނުހުންނަތާނގައި ނަމާދުވަގުތައް ބެލުމެއްނެތި ފާޑުފާޑު ކުލާސްތަކާއި ކުޅިވަރުތައް ރާވައި ހިންގުން އެއީ އާންމުކަމެކެވެ. މިޔަށްވެސް ކިޔަންވީ ދީންހިމާޔަތްކުރުންތޯއެވެ؟ 'އިސްލާމް' ކިޔާމާއްދާއެއް ކިޔަވައިދެނީ ނަމަކަށެވެ. ކުދިންގެ ޢަޤީދާ ހަރުދަނާކުރުމަށް އެއްވެސްވަރެއްގެ އަހަންމިއްޔަތު ކަމެއް ނުދެއެވެ. ނުވަދިހައިގެ ކުރީކޮޅު ލޯވަރ ސެކަންޑްރީ ގުރޭޑް ތަކުގައި ޢަރަބިބަސް ކިޔަވައިދިން ދުވަސްވަރެއް ދިޔައެވެ. ނަމަވެސް ފަހުން އެކަން ނިމުމަކަށްއައެވެ. މިއިން އެއްވެސް ކަމަކީ ދީނަށް ފަރުވާކުޑަކޮށް އަޅާނުލުންކަމުގައި ނުވެ ޢަރަބި ބަހުން ކިޔަވައިދޭ ސްކޫލަކަށް ދީފައިވާބިމެއް ނެގުމައްފަހު ހުސްކޮއްބާއްވަން ނިންމިނިންމުން ލާދީނީ ކަމަކަށްް ވަނީ ކޮންހަމައަކުން ތޯއެވެ؟


 ދީންހިމާޔައްކުރުމުގެ ނަމުގަ މުޖުތަމަޢު ފަސާދަކުރުން!

ދިގުދެމިގެންދިޔަ ޕީޕީއެމްގެސަރުކާރުން އިސްލާމީ ތަރުބިއްޔަތާ އަޚްލާޤަށް އެއްވެސް އަހަންމިއްޔަތެއް ނުދިނުމުގެ ސަބަބުން ގައުމުގައިވަނީ އެންމެހާ ނުބައި ކަންކަން އަށަގެންފައެވެ. ހަށިވިއްކާތަންތަން މާލޭގައި އާންމުވެފައި ވަނީ އެމްޑީޕީ ގެ ސަރުކާރުގައި އެކަމަށް އަޅާނުލާތީކަމުގައި ބުނެ އަޑުއެރުވިއެވެ. މިހާރު އެހުރިހާތަނެއް ކޮބައިތޯއެވެ؟ ޖައްވަށް، ފަޒާޔައް، ވަޔައް އަރައިގެން ދިޔައީތޯއެވެ؟ ވެރިކަން ނިގުޅައިގަތްތާކުރީކޮޅު، ނޫސްތަކުގަ ސުރުހީ އަޅާލުމުގެ ބޭނުމުގައި ސިފައިން އެފަދަތަންތަނުން މީހުން ހިފައިހައްޔަރު ކުރާވާހަކަ އޮވެއެވެ. ނަމަވެސް އޭގެފަހުން ވާގޮތެއްނޭނގެއެވެ. ނޫސްތަކުން އެނގުނުގޮތުގައި ކޯޓް މަރުހަލާއަށް ދިޔައީ އެފަދަ އެންމެމައްސަލަ އެކެވެ. ވީމާ މިކަމަކީ ހަމަ ރައްޔިތުން ހައްދަން ކުރާކަމެއްތާއެވެ؟


ބުދުބެހެއްޓުން

އެއްވެސްމީހަކު ދެބަސްނުވާނެފަދަ އަޅުކަންކުރަން ބޭނުންކުރާބޮޑުބުދެއް ރާއްޖޭގެ ރަށެއްގައި އެންމެފުރަތަމަ ބެހެއްޓުމުގެ ޝަރަފު އަޅުގަނޑަށް އެނގިގެން ހޯދީ ޕީޕީއެމްގެ 30 އަހަރުވީ ސަރުކާރުންނެވެ. އެއީ ލަނޑާގިރާވަރުގައި ބެހެއްޓި ބުދެވެ. އެކަމަކީ ބުދެއްބެހެއްޓުމުގެ މާނައިގައި ބުދުދީނުގެ ސަޤާފައް ދައްކުވައިދޭން ކުރިކަމެކެވެ. އަދި މީގެ މާކުރިން ރާއްޖޭގެ ވިޔަފާރިވެރިން ވަނީ ހެދުން އިޝްތިހާރުކުރުމައްޓަކައި ފިހާރަތަކުގައި މެނެކުއީންސް ބަހައްޓާފައެވެ. މިވެސްހަމަ ބުދެވެ. މިބުދައްނުވެ އެމްޑީޕީ ސަރުކާރުން އައްޑޫގައި ބެހެއްޓި މޮނިއުމެންޓްސްތައް ބުދައްވާނެ ގޮތެއް އަޅުގަނޑަކައް ނުވިސްނެއެވެ. އެއްހަމަޔަކުން ވިސްނަވާށެވެ.


މިލިޔުން ކިތަންމެ ދިގުކޮއްވެސްލިޔެވިދާނެއެވެ. 30 އަހަރުގެ ސަރުކާރުން ދީނަށް ވެފައިވާ އިހްމާލު އެހާވެސް ބޮޑެވެ. މިހުރިހާ ނުބައެއްގެ މައިމުގުލުގައި ހުރީ ޕީޕީއެމްގެ 30 އަހަރުވީސަރުކާރުގެ ރައީސް އަދި ޕާރޓީގެ ޒަޢީމް މައުމޫން ޢަބްދުލް ޤައްޔޫމެވެ. ޒަޢީމް ހިތްނޭދޭ ގޮތަކަށް ޕާޓީ ނުހިނގާނެއެވެ. އެކަން މިހާރުގެ ރިޔާސީކެނޑިޑެޓް ޔާމީންވެސް ވަނީ ޔަގީން ކޮށްދީފައެވެ. ވީމާ ލާދީނީކިޔުން އެންމެ ޙައްޤުކަންބޮޑީ 30 އަހަރުވީ ޕީޕީއެމްގެ ސަރުކާރަކަށް ނޫންތޯއެވެ؟ މިއަދުވެސް ޕީޕީ އެމް ހިނގަމުން އެދަނީ ހަމަ އެބީދައިންނެވެ. ބަލަމުން އެދަނީ ދީންހަތިޔާރަކަށް ހަދައިގެން ވެރިކަމަށް އާދެވޭތޯއެވެ.


     

Wednesday, September 11, 2013

I am neither corrupted nor an infidel (Kafir)


How anti-religious could it be to describe 95,224 Muslims as corrupted and faithless? In a tweet followed by the presidential election held on 7th September, corruption and faithlessness were the two words used by the former president Maumoon Abdul Gayyoom (MAG) to describe the 95,224 voters of president Nasheed (Anni). Though faithlessness could mean disloyal, it could also mean infidel (Kafir). Allah knows best if MAG meant to say infidels to 95,224 Maldivians who voted Anni.

I was not born to dislike MAG. Neither was I risen to dislike him. It was my logic, power of reasoning based on what I have learned, seen and experienced which constantly repelled me from MAG’s regime. Never had I tried so hard to convince myself something other than saying yes to MAG in the first democratic election held in Maldives which was also the very first election I voted. But I failed on that repetitively. My conscience and sentiments were solid and clear in convincing me to vote Anni for a better change. It was past.

After 5 years for that, 3 years of Anni’s administration and 2 years of coup government, again I am compelled to answer the same question.  But this time, the answer is much clear and easy. What has taken place during these rough 5 years together with the same reasons I had against MAG then, makes it easier. MAG and Yameen Abdul Gayyoom (YAG) are the same naughty brothers who ruled this country from scratch to hell.

Religion and corruption as many say are the two major concerns against MDP. A ‘100% Muslim’ name tag or having Muslim parents doesn't make us Muslims, neither does it exalt Islam. However, this is MAG’s Islamic policy, we just have a name, but never act. For many, in a religious point of view, the worst case scenario would be giving religious freedom by MDP. But does Islam prohibit the residence of non-Muslims under an Islamic governance?  As far as I know it doesn’t. It is neither exalting nor allowed to hold back a right given in the religion. 

Supporting and being a member of a political party is not an endorsement for everything done. I never deny the allegations of corruption in MDP’s short government. Just because we voted MDP for a better change will not change things that have been enrooted for years. Corruption has been wide spread and rooted in this country at all levels and ages during the past. It is our insanity to believe things would be 100% fine just after a 30 year autocratic government. As Anni mentioned, Judiciary and respective independent entities have to be reformed for us to get rid of the mess of 30 years. On top of that, individuals should get matured enough to follow their own instincts, choose policies where possible instead of shortcuts via friends and learn to respect the rights of others. Best in my opinion is to be patient and work with the man who initiated reform in this country. The man who had been through hell and back.

I will never deny a right given in religion. I strongly believe in minimizing corruption which I hope will atop the reform process of MDP’s new government. For sure there is no way that the failed regime of MAG, which most of us have believed to have been failed can be dependable again.  Five years of absence is not a justification to think positive about MAG and his administration who had miss ruled for 30 years.